ކެެއްކުމުގެ ކޯހުގެ ތިންވަނަ ކުލާސް ބޭއްވުން

ޙަރަކާތް ހިންގި ތާރީޚް:

ވީޓް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކުކިން ކޯހުގެ 3ވަނަ ކުލާސް.

މި ކުލާހުގައި 30 ވައްތަރެއްގެ ތިކް ކަރީ (ރިހަ) ތައްޔާރުކޮށްފައިވޭ.

މިރޭގެ ކުލާހުގައި ތައްޔާރުކުރި ކެއުންތަކުގައި ރަހަ ބައްލަވާލެއްވުމަށް އެރުވި ދަޢުވަތު ޤަބޫލުކުރައްވައި ބައިވެރިވެ ވަޑައިގެންދެއްވާފައިވާތީ ޅެންވެރިކަމުގެ ދާއިރާއިން ޤައުމީ އިނާމް ހާޞިލް ކޮށްފައިވާ އަލްފާޟިލާ ރަޝީދާ އިބްރާހީމް , ތިނަދޫ ޒިމާމަންގެ ޝެފް އަދި ކުޅިވަރުގެ ދާއިރާއިން ކުޑަކުދިން ތަމްރީން ކުރުމުގައި ހިލޭ ސާބަހަށް މަސައްކަތް ކޮއްދެއްވަމުން ގެންދަވާ އަލްފާޟިލް އިބްރާހީމް އަޒުހަރު އަށް ޝުކުރުދަންނަވަމެވެ. ކޯހުގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް ޖުވެއިރިއްޔާވަޖުދީ . މި ކޯސް ކުރިއަށް ގެންދާނީ 26 ޑިސެމްބަރ 2023 އިން 1 ޖެނުއަރީ 2024 ގެ ނިޔަލަށް.

މިކޯސް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާތީ ގދ އަތޮޅު ތަޢުލީމީ މަރުކަޒު ނޯވާޓެކް ގޯސިޔާގެ ނަން ފާހަގަކޮއްލަން.

ގުޅުންހުރި ޙަރަކާތްތައް

ކެެއްކުމުގެ ކޯހުގެ ތިންވަނަ ކުލާސް ބޭއްވުން

ވީޓް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކުކިން ކޯހުގެ 3ވަނަ ކުލާސް. މި ކުލާހުގައި 30 ވައްތަރެއްގެ ތިކް ކަރީ (ރިހަ) ތައްޔާރުކޮށްފައިވޭ. މިރޭގެ ކުލާހުގައި ތައްޔާރުކުރި ކެއުންތަކުގައި ރަހަ ބައްލަވާލެއްވުމަށް އެރުވި ދަޢުވަތު

ކުޑަކުދިންގެ ހަދިޔާ- ބީޗުގައި ކުޅޭ ސާމާނު – ”ކުޅެ ނިމުނީމަ އަބުރާ ވަށިގަނޑަށްލާ“

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ވީޓް ޖަމްޢިއްޔާއިން އިސްނަގައިގެން އާރޓްސީގެ އެހީތެރިކަމާއެކު ތިނަދޫ ސިޓީީ ބީޗްގައި ބަހައްޓި ކުޅޭޭ ސާމާނުގެ 2 ވަށިގަނޑު. މިތަކެއްޗަކީ ބީޗް ކުޅޭ ސާމާނު ނުލައި އާދެވުނަސް މި ސާމާނު ބޭނުންކޮށްގެން