ކޮވިޑް ލޯބި

Facebook
LinkedIn
Telegram
WhatsApp
X

ބުއްރޫސްލާހައި ބޮލުމަންތެން ގެޔަ އިދިހެނެ ބައްތެއްލޭގެ އަޑާއެކު އެއްލައިގެންގޮހޯ ކާރޭ ބްރެކް ނުހިފުންނޫ ހަމަ ކިރިޔާ. މީބޫ ދިވެހިރާއްދޭ ވެރިކަން ކެރަނެ ރަޓުގެ މާލެއާއި ހުޅުމާލެއާދޭތެރޭ އޮޑާހައި އޮތެ ސިމެންތި ފާލަމު މެދާ. މިމަގުން އެއްތެތި މިދޮއްވަންނޫ އަމަޓަކު ބާރުމިނަކު ނުން . ދިގެ އުމުރެކެ ހުއްޓީކަމުން ޖެހީގެން އޮތެ ކާރޭ ނުޖެހި ސަލާމަތޭގެ. އެހެންނުން އެއްތެނާ ފަހަތުން އާ ތެއްޔެހައި ކާރެ ތިޔެންނާ ގޮޅާންބެކަން ޖެހީގޮހޯ. މިބުރު ސަލާމަތެވީކަމާހެދި ޝުކުރު ކޮއްލި. އެހެން ނުވެންނަންވީ އެއްވިޔަސް ސަބަބެކެ ނެތި ފަޒީލްގެ ވިސްނުމާއި ފިކުރެ މިހުއްޓޫ މުޅިން އެހެން ދިމާކު. ހިތާ އަވަސްވެގެން މިވޮންނާ ފަޒީލްގެ ބޭނުންވެނެ ހިސާބަން ގިޔެނެ ލިކާ ލަހަވެގޮހޯ. އެވަގުތު ފަޒީލް ފެނުނެ މީހަކުނަން ސިފަވެންނާ ފަޒީލް މިވޮންނާ ގާން ފާން ހިނާ އަރައިގެން ވޮންނާ މީހަކުންހެން . ފަޒީލްގެ  މިސްރާބެ މިހުއްޓީ ސީދާ ރާއްދޭ ދެކުނަން އެޔަންނަން.

އެއަރޕޯޓޭ މޭޒެ މޭޒުން ފޯޓި ތަންމަތި ކިރައި އަވަދިވީ ވޭލޭ މިހުއްޓޫ މިންދެރުން އަބެރައި 2 ޖަހާހައި. އެހެންފެހޭއަސް ފަޒީލްގެ މަންޒިލް މަޤްސޫދަން ދަތެރެ މިކެރަންނޫ ފަޒީލް ހިތާވެގެން ވޮންނާ ދިޔެ މަރީ ގާތަން އެޔަންނަން. ފަޒީލް އައްކޫ މުންސަތި މަހުޖަނެކެ. ކާރާއި ޕިކަޕާއި މޮޓަރާއި މިހެން ގޮހޮ އަތު ނެންއެއްތެކެ ނެތި. އުމުރުން ބައި ގަރުނެން މަންތަން އަރައިގޮހޯ ހުއްޓިސް ފަޒީލް މިހިދަސް ހީވެންނޫ ހެދީގެން އެނެ ޒުވާނެ ކުއްދަކުން ހެން. ޒުވާނަކަން އަސް ފަޒީލް ވަކި ދީލެކެ ނުކެރަންނެއި .

ދިގެ ދަތެރަކަންފަހު ފަޒީލް ބޭނުންވީ މަންޒިލަން އާވިޔުނެވޭލޭ އިރޯފެކަޅޭގެ. ކަޑު ދަތެރަކަސް ކެރަންނަން ޖެހުނެ. އެހެންވިޔަސް ފަޒީލްގެ މޫނެމަންތެން އެކަމެކެ ފެނެންނެކަން ނެތި. ރަޓު ފަސްގަޑޭ ފަޔާ އޮޑުމާއެކު އެއޮޑީ ކިބިއްސަކުން ގާތު ތެއި މީހިންނަން ލެބުންނޫ ކުއްލި ޝޮކެކެ. ފާއި. އެހެން ވެންނެއިކުން މިވޮންނާ މިކިޔަނެ ކޮވިޑާ ކެޔަނެ އެއްތާ މިރަޓަން އަސް ފާކޮށްގެންމައި. ފަޒީލް ގާގަތެކެރެއްވީ ލަދުން ޖެޓިޔޭ ކަބެއްރޭ އޮތެ ޓެކްސީއަކު ފަހަތު ޝީޓަން އަރައިގަތެ. ޓެކްސިއާ ދަތެރެކޮޓެފައި ބާހުއްޓޫ އެރަޓު ހުއްޓީ އެންމެ ބޮޑެ ގެސްޓް ހައުސްއާ ދިމާން .

ފަޒީލް އަރައި އިނެ ކާރާ އެ މަޑެކޮއްލޫ ސީދާ ގެސްޓް ހައުސްއޭ ދޮރު ދަޓަން. ޓެކްސީއަން ލާރި ދީފައި ބަލަންނެކަން ނުހުޓެ ފަޒީލް ވަންނޫ ހިފާހައި ހުއްޓީ ކޮޓަރިއަން . ގެނޮންޑީ ދަބަހާސް ގޮޑުން ނުނައްޓުވައި ފެރެތަން އަސް ގުޅޫ ހިތާވެގެން ވޮންނާ ދިޔެ މަރީއަން. އެތެކެ ކަލަކު ގުޅިތާސް ފޯނާ ނުނެގީ . އެންމެ ފަހުން ވީ ދެރާން އެދުމަންތަން އިންގަތެ. މަރީ ގުޅަންނެއިކަމުގެ އުއްމީދުގައި އޮވައި ފަޒީލް ނިދީ ދަޅޭގެ. ފަޒީލް ހެއި މިއެރޫ އެނެކެ ދޮހާ ހެދެނޭ . ހެއި އެރީވޭލޭ ކަމަކު އެޔަންނެކަން ނެތި. މިއޮއްތޫ ހުންބެރާންތިކައިގެން. ކިބިހި އޮޑަންނޫ ، ކަރަން ތަދެވެންނޫ، ކެއްސައްނޫ ، ހުމާސް އެވަރާ. ފަޒީލްގެ ހާލެކެ ނެތި. މަރީ ފިޔަވައި ފަޒީލް ދެންނާ މީހެކެ މިރަކު ނެތާ. އެހެންވިޔަސް ވަރަން ހިއްވަރެކޮޓެފައި މަރީއަން ގުޅައިލި. ދެތިނެކަލަކު ގުޅާހައި ހުއްޓައި ފޯނާ ނަގައިފި. ބައްދަލެ ނުވެގެން އެތެކެ ހޯދަނެކެ ކިޔައިލި. ފަޒީލްގެ މިޙާލަތަން މަރީއަން އަސް ކެތެ ނުވީ . ބޭހެ ތެއިތާކުން ބޭހެ ހޮވައިގެން އަހަ ބޭހަސް ދީފި . އަދިޔަސް ދީނާވަރެކެ ނުވެއި. އެންމެ ފަހުން ޖެހުންނޫ ހޮސްޕިޓަލަން އެޔަންނަން.

ފަޒީލް ހޮސްޕިޓަލަންގޮހޯ ދެއްކީމައި ޑަކްޓަރ ބޭހެސިޓިޔެކަސް ލޭދީފި . މާބޮޑެ ބޭހެކެ ނެތި ހުންބޭހެ ގޮޅައިކެ ދިންނޫ . މިދުވަސްވަރުގެ ގޮތުން ޑަކްޓަރަން ދައްކަނެ ކޮންމި މީހަކުނާސް ކޮވިޑް ޓެސްޓް ހަދަނެމައި ފަޒީލްއަސް ޓެސްޓް ހަދައިލި. ޓެސްޓް ހެދީދޮހާ ފަހިދޮހާ ފަޒީލްގެ ހާލެ ރަގަޅެ. ފަޒީލް މިރަޓަން އާއު ހިތާވެގެން ވޮންނާ މަރީއާ ވެންނަން ހިތުލައިގެން . އެހެންވީމައި ފަޒީލް އާއި މަރީގެ ބައްދަލެނުވެނެ ގަޑިއެކެ މިނުޓެކެ ނުހިގައި. ފަޒީލްގެ ހަޔާތަން ބަހާރު މޫސުމާ އަހަގެން ވޮންނާހެން ހީވެންނޫ.

ފަޒީލް މިރަޓަން އާތަން ތިނެވަނަންވީ ދޮހާ ހެދެނޭ ސައިބޮންނަން ރެސްޓޯރަންޓަކު އިދުވައި މީހެކެ ގުޅައިލިޔާ. އޭބޫ ގާމުންއަސް މޯބައިލް ނަންބަރެކެ ނުންމައި ފަޒީލް ފޯނާ ނަގާހައި ހަލޯ އަ ބޮނެފި. އެކޮޑުން ވާހަކަދެއްކޫން އަންހެނެ ކުއްދެކެ.އަޑާސް ނިކަން ރީތި. އެހެންފަހޭއަސް އެކޮޑުން ބޮނީ އެއްތަކުން ފަޒީލް އަބެރައިގެން ނުއިންގުންނޫ ކިރިޔާ. ”ފަޒީލް ހެދީ ކޮވިޑް ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ކަމާއި ޕްޒިޓިވް ވެނެ މީހިންނަގެ މަޢުލޫމާތު ބޭނުންވެނެކަމާއި ކަރަންޓީން ވެންނަންޖެހެންނެއި ކަމާބޮނޫ“ ފަޒީލް ވަގުތުން ދެކޮޑެ ހަދައިލި . އަލުން ޓެސްޓް ހަދަންނާޔަ. ތީ ރޯނުބައި ނަތީޖާއެކެކަމާ ބޮނެފި. އަދި ރަޓަން އަރައި ހުއްޓީ ބީރައްޓެއްސެކެކަމާއި ފަކީރަކުން ކަމާއި ކަރަންޓީނު ވެންނެއި ތަނެކެ ނެތިވާހަކެޔާސްބޮނެ ބަހަނާ ފަޓެކެ ދައްކައިލި. އެންމެ ފަހުން އެކޮޑުން ވާހަކަދެއްކީ ކުއްދެ ކުރެ ނުކޮޅަމައި މަޢުލޫމާތެ ތިދެމާ ކެޔާހައި ފަޒީލް ފޯނާ ކަޑައިލި.

ކޮންމި ގޮތެކެ ވިޔަސް ފަޒީލް އަން މިލެބުންނޫ ވަރެގަދަ ލަޑެކެ. މިވީގޮތުން ފަޒީލް އަން އެބެރީ މާލޭ ގިޔެންނެކަން ނެތި. އަދި މަރީއާ ބައްދަލެވިޔެންނެކަންއަސް ނެތި.

ފަޒީލް މުޅެ ބުއްދިއެކެ ކޮއްލި . ކަރަންޓީން ނުވެ ފެލެގެން ވޮޅިޔެންނެއި ގޮތެކެ އޮތެތޯ ބަލަންނަން މިހިދެ ހުއްޓީ ގެސްޓް ހައުސްއާ ނުން އެހެން ގެސްޓް ހައުސް އަކަން އަސްބަދަލޭގަތެ . ފަޒީލްގެ އެން ބޮޑެ ހިތާމައައްކޫ ކޮވިޑް ނުން. މަރީއާ ބައްދަލެވެންނެނެއި ގޮތެކެ ނެތުމާ. އެހެން ގެސްޓް ހައުސް އަކަން ބަދަލެވީތަން މާގިނަ ވޭލައިކެ ނުވެނީ ފަޒީލްއަން ފޯން ކޯލެކެ ބާއި . އޭބޫ މޯބައިލް ނަންބަރެކެ. މަރީކަމަންއަސް ވެޔަންނެއި ކަމުގައި ފޯނާ ނެގީވޭވޭލޭ މަނިކާ ރޯއްދާ އޭބު ހޮސްޕިޓަލުން . މައުލޫމާތެ ނުލެބީގެން ހޮސްޕިޓަލުން ގުޅޫ. ފަޒީލް އެންމެ ފަހުން ހޮސްޕިޓަލު މީހިންނަން އަސް އޮޅުވައިލައި މިހުއްޓޫ މަހަން އެޔަނެ ދޯނިޔަކުން އެހެން ރަޓަކަން ގޮހޮއަ ބޮނެފައި ފޯނާ ކަޑައިލި. ކޮޅާކޭކެ!. މިގެސްޓް ހައުސްއޭ ހުއްޓައި އެގިޔެންނެއި ކަމުގައި އެހެން ގެސްޓް ހައުސްއަކަން އަސް ބަދެލޭގަތެ . މިހެން ގޮހޯ 5 ވަނަ ގެސްޓް ހައުސްއަން ބަދަލެވެގަތެ . އެންމެފަހުން ފަޒީލްގެ ލޯބިވެރިޔާ އައްކޫ މަރީ ކަމާއެގީގެން މަރީގެ ފަރާތުން ލެބުނެ މަޢުލޫމާތުން  ފުލުހުންނާއި ކައުންސިލަރުންނާއި ހޮސްޕިޓަލު މީހިންނާއެކު ކޮޅަ މަސައްކަދުން ފަޒީލް ރެސްޓޯރަންޓަކު އިދުވައި ހައްޔަރެކޮއްލިއާ . ފަޒީލް ދޮގެ މަޢުލޫމާތެ ދިނެކަމާހެދި ކުއްވެރިވެގެ.  20 ހާހުން މަންތޭ އަދަދަކުން ފަޒީލް ޖޫރިމަނާ ކޮއްލިޔާ. އެންމެ ފަހުން ފުލުހުންނެ ދެއްކީ ތާކު ކަރަންޓީން ވެންނަން ފަޒީލްއަން މަޖުބޫރެވެގެ . މުޅި 14 ދޮހާން ކަރަންޓީން ވެންނަން ޖެހީގެ . ހިތާމައިގެ ކޮޑެކެ ނެތި . 20 ހާސް ރުފިޔާ އައްޓައި ފަޒީލްއަން ކަންބޮޑެވޫ މަރީއާއި ބައްދަލެނުވީ ގިނަ ދޮހާ އެކަނިމެނާ އެކަނި އެކޮޓަރިޔޭ ހޭދަކެރަންނަންޖެހުމާ.

އެންމެ ފަހުން 14 ދޮހާ ހަމަކޮއްލައި ކަރަންޓީނުން ފެލީމައި ކުރިއާއި އެއްގޮތަން މަރީ އާއިއެކު ބައްދަލެވުންތަން ފޮއްޓީގެ . ބަޖީޗާ ތަކުން ތަފާތެ ވައްތަރުގެ މަލެ ފޯޅެންނަން ފޮއްޓީގެ . އުފަލުން ކޮޑެނެތި. މިހިދެ ފަޒީލް ވޮންނާ މުޅިން މާރީގެ ގޭރު . މަރީ އައްކޫ ކުރިޔެން އެހެން ކާވެއްނެކެ ކޮޓެފައި 3 ކޫދު ލެބީގޮހޯ ހުއްޓީ އަންހެނަކުންވިޔަސް އަދިޔަސް ވަރަން ޗާލު އަންހެނެކެ. ރީތި ހުސްޅަ އަންހެނެކެ. އެހެންވީމައި ފަޒީލް ދުނިޔޭން މޮޔެ ނުންނާކަމާ ހަމަ ނަސީބެކެ.

ފަޒީލް މިގޮތަން އުފާވެރިކަމާއެކު ވޮންނާތަން ތިނެވަނާންވީ ދޮހާ ހެދެނޭ ފަޒީލް ނިދާހައި އޮވައި ކޮންމިޔަސް މީހަކުން ކޮޓަރިޔޭ ދޮރު ޓަކި ޖަހަންނަން ފައްޓައިގަތާ . ފަޒީލް މިއޮއްތޫ މަރީގެ ކޮޓަރިޔޭވީމައި ކޮޓަރިޔޭ ދޮރާ މިހޮޅުވޫ މަރީ.

ބޭރޭ ހުއްޓީ މީހާ: ފަޒީލް އެބައުޅޭތަ؟

މަރީއަން ޖަވާބު ނުދިނީގެން ވޮންނާދެކޮށް ފަޒީލް ފޮއްމައިގެން ގޮހޯ އެދުން ތެދޭގަތެ.

ފަޒީލް: އަހާ ޝަރުމީލާތަ؟

ފަޒީލްއަން ހަތަރެ އުދަރެހެ ފެނު ޖެހީގެ. ބޭރޭ އެހުއްޓީ އަންހެނެ މީހާ އައްކޫ ފަޒީލްގެ ވެނެމީހި. ފަޒީލް އަން ކެޔަންނެއި އެއްތާސް ނުއެގީ ހުއްޓުން އަހަރައިގެ. ދީމާން ގަޑެވެގެ. ވެންނާސް އެހެންކުން ފަޒީލް އައްކޫ މީހަކުނާ ވެގެން 5 ކޫދު ލެބީގޮހޯ ހުއްޓީ މީހެކެ. ފަޒީލް ވެނެ އަންހެނެ މީހާއައްކޫ ނުލާހިކު ބަނިޔާދަމް ރީތި އަންހެނެކެ. ފަޒީލް އާއި އެކު ވޮންނާ ނުލާހިކު ލޯބިން . ފަޒީލް ބޮނަނެ ގޮތުން ޝަރުމީލާ ދެކެ ފަޒީލް ވަރަން އަލެއި ހޫޓު.

ކޮންމެ ގޮތެކެވިޔަސް ފަޒީލް އަން މިކަލެ މަޖުބޫރެ ވެގެ ޝަރުމީލާއެކު މާލެ އެޔަންނަން. ތުޑެ ހަސަނާ ޖެހުނެ މީދަލާހެން ޝަރުމީލާ މިހުއްޓޫ ފަޒީލް  ދީލެ ކެރަނެ ގޮތަކަން ނުން . ގާހިފާހައި ރޮއިފައި ފަޒީލް ޝަރުމީލާ އެކު މާލެ އެބަގެ . އެންމެ ފަހުން ފަޒީލް އަން މިޖެހުންނޫ ކޮވިޑާއެކު ބައްދަލެވީ ލޯބިވެރިޔާ ދީލެކެރަންނަން. ހިތާއި ދެކޮޑަން ދީލެކޮއްލި.

ނިމުނީ.

ވާހަކަ ލިޔުނީ: މަޢުޞޫމާ ޢަލީ

ނޯޓް: މިވާހަކައަކީ ކޮވިޑްގެ ދުވަސްވަރުގައި ރަށެއްގައި ހިގި ހަޤީޤީ ހާދިސާގެ ބައެއް ހިމެނޭގޮތަށް ޚިޔާލީ ވާހަކަތަކެއްވެސް ހިމެނޭގޮތަށް ލިޔެފައިވާ ވާހަކައެކެވެ. މީގައި ބޭނުންކޮށްފައިވަނީ ހަޤީގީ ނަންތަކެއް ނޫނެވެ. މިވާހަކަ ލިޔެފައި މިވަނީ ހުވަދޫ ބަހުރުވައިންނެވެ.

ލިޔުންތެރިޔާ

އަޅުގަނޑުމެންނަށް އެހީތެރިވުމަށް

ފަހުގެ ލިޔުންތައް